މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 

މަޤާމް:

ސީނިއަރ ރިސަރޗް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

- އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އެޕްލައިޑް އިކޮނޮމިކްސްގެ ދާއިރާއަކުން މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން.

- އިކޮނޮމިކްސްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

- ތިރީގައި ބަޔާންކޮށްފައިވާ ހުނަރާ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް

- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން. އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން.

- ހިންގުމުގެ ހުނަރު

- މެކްރޯއިކޮނޮމިކްސްގެ ދާއިރާއިން ރިސަރޗް މަސައްކަތްކުރުމުގެ ޝައުޤުވެރިކަމާ ތަޖްރިބާ ހުރުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޕަބްލިކޭޝަންތަަކަށް ލިޔުން ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ ޕޮލިސީ ކަރުދާސްތަކާއި، ރިސަރޗް އާޓިކަލް ތައްޔާރުކުރުން.
  • ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭ ކުރުން.
  • އިޤްތިޞާދާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް:

20,000.00 – 25,300.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިންޓަރނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އިކޮނޮމިކްސް ނުވަތަ ފައިނޭންޝަލް އިކޮނޮމިކްސް އާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބައިނަލްއަޤްވާމީ އިޤްތިޞާދުތަކުގެ މެކްރޯއިކޮނޮމީއަށް އަންނަ ބަދަލުތައް މޮނިޓަރކޮށް އެނަލައިޒްކުރުމާއި ރިޕޯޓް ތައްޔާރުކުރުން.
  • އިޤްތިޞާދަށް އަންނަ ބަދަލުތަކާގުޅޭ ޓެކްނިކަލް ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  • އަދި ބައިނަލްއަޤްވާމީ އިދާރާތަކަށް ރާއްޖޭގެ އިޤްތިޞާދާ ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމާއި އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭގޮތުން އެފަދަ އިދާރާތަކާ ގުޅުން ގާއިމްކޮށް އެފަދަ އިދާރަތަކާ ގުޅިގެން އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެ ދިނުން.

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން

މަނިޓަރީ އެންޑް ފައިނޭންޝަލް ސްޓެޓިސްޓިކްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އެކައުންޓިން، ފައިނޭންސް ނުވަތަ ސްޓެޓިސްޓިކްސްގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުތައް އެކުލަވާލުމާއި މިފަދަ ތަފާސްހިސާބުތައް އިތުރަށް ފުޅާކުރުން.
  • އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ މަނިޓަރީ އަދި ފައިނޭންސް އާގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ދާއިރާގައި ހިނގަމުންދާ ކަންތައްތައް ދިރާސާކޮށް ބެލުން.  

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން

ބެލެންސް އޮފް ޕޭމަންޓްސް ސެކްޟަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް، ފައިނޭންސް ނުވަތަ ސްޓެޓިސްޓިކްސް އާއި ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސް އެކުލަވާލުމަށް އެހީތެރިވުން.
  • ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސްގެ ކަވަރޭޖް ރަގަޅުކުރުމުގެ ގޮތުން ސާރވޭތައް ރާވާ ހިންގުމާއި ރިޕޯޓް ލިޔުން. 
  • ބައިނަލްއަގުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ އެކްސްޓަރނަލް ސެކްޓަރ އާއި ގުޅުންހުރި ތަފާސްހިސާބުތައް ތައްޔާރު ކުރުން.
  • ބެލެންސް އޮފް ޕޭމަންޓްސް އެކުލަވާލުމަށް ބޭނުންވާ ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • އެކްސްޓަރނަލް ސެކްޓަރ އާއި ގުޅުންހުރި ކަންކަން ހިނގަމުންދާގޮތް ދިރާސާކޮށް ބެލުން.  

މުސާރަޔާއިއިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުން.
  • މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
  • އެކައުންޓިން ކޮންޓްރޯލްސް ތަކުގެ ޕްރޮސީޖާތައް އެކުލަވާލުމާއި އެ ޕްރޮސީޖާތައް ގާއިމްކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް ޑޭޓާބޭސް އެއް ގާއިމު ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުމާއި ސްޓޭޓްމަންޓްސްތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުން.
  •  އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ޕްރޮކިއުމަންޓް ނުވަތަ ޕާރޗޭސިން ދާއިރާއިން މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއޭއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ސަޕްލައިޔަރުންނާ މުއާމަލާތް ކުރުމާއި ޓެންޑަރ އަދި ބިޑު ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި އެފަދަ ފަރާތްތަކާއި ކޮންޓްރެކްޓް ހެދުމާއި ޕާރޗޭސް އޯޑަރުތައް ހެދުމާއި އެކަންކަމާގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  • ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސެކްޝަންތަކާ މުއާމަލާތްކޮށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން/ ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ފެންވަރުގެ ފާހެއް ހާޞިލްކޮށްފައިވުން ނުވަތަ
  • ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ބިޒްނަސް ޑޭޓާ އެނަލިޓިކްސް ދައިރާއިން ފުރަތަމަ ޑިގްރީ  ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ޖީސީއީ/އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާ އިން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ވަޒީފާއަށް މީހަކު ހަމަޖެއްސުމުގައި ބޭންކް ނުވަތަ އެހެން މާލީ އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ ނުވަތަ ޕޭމަންޓް ސިސްޓަމްސްގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަންގެ އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ޕޭމަންޓް ސިސްޓަމްސްތަކާއި ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓްކުރާ ފަރާތްތައް އޮންސައިޓް އަދި އޮފްސައިޓް ސުޕަވިޝަންގެ މަސައްކަތް ކުރުން.
  • ނެޝަނަލް ޕޭމަންޓް ސިސްޓަމްސް ތަރައްގީ ކުރުމާއި ގާއިމް ކުރުމުގެ ދިރާސާތައްކުރުމާއި އެކަމާއި ގުޅޭ ރެކޮމެންޑޭޝަންތައް ތައްޔާރު ކުރުމާއި ހުށަހެޅުމާއި މި ސިސްޓަމްސް ތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ކަންކަމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ބިޒްނަސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކޮށްފައިން
  • ވަޒީފާ ހަމަޖެއްސުމުގައި ޕްރޮކިއުމަންޓް ނުވަތަ ޕާރޗޭސިން ދާއިރާއިން މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއޭއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި އެފަދަ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

19 އޮގަސްޓް 2021 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށެވެ.                       

12 އޮގަސްޓް 2021
ހޯދާ