މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"ތިމާވެށި 2" ލޯންޗުގެ މެއިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް – 2 ވަނަ ކޮންޓްރެކްޓް – 4 ވަނަ ޓެންޑަރ

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV 

"ތިމާވެށި 2" ލޯންޗުގެ މެއިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް – 2 ވަނަ ކޮންޓްރެކްޓް –  4 ވަނަ ޓެންޑަރ

 

  (IUL)438-MCEP/438/2021/222  : ތާރީޚް: 12 އޯގަސްޓް 2021                                                   އިއުލާން ނަންބަރު

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން "ތިމާވެށި 2" ސްޕީޑްބޯޓް  މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު  (IUL)438-WMPC/438/2020/222 އިޢުލާން ބާތިލްކޮށް، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 2021 އޯގަސްޓް 22 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރެފެރެނެސް"  އާއި ބީލަން ފޮތް ގެޒެޓުގައި ޝާޢިއު ކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 5،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 103 ދުވަހެވެ.

އަގު ހުށަހެޅުން އޮންނާނީ 2021އޯގަސްޓް 29ވާ އާދީއްތަ ދުވަހު 11:00 ގައި މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

ވީމާ، މަތީގައި ދެންނެވިފައިވާ ފެރީ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021އޯގަސްޓް 29ވާ އާދީއްތަ ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ގުޅޭނެ ނަންބަރ: 3018451

އީމެއިލް:  [email protected]

12 އޮގަސްޓް 2021
ހޯދާ