މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ތަރައްޤީގެ ޕްލޭން ފާސްކުރުން

އިޢުލާން

ރަށު ތަރައްޤީގެ ޕްލޭން ފާސްކުރުން

ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް (2022 ން 2026 އަށް) ތައްޔާރުކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް 2021 އޮގަސްޓު 15 ވާ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި އޮންނާނީ ރަށު ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޚިއްޞާކުރުމާއި ފާސްކުރުމެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

12 އޮގަސްޓް 2021
ހޯދާ