މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ބޯރޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރުމާ ބެހޭ

          ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުން ނުވަތަ ރަޖިސްޓްރޭޝަނެއް ނެތި، 1  (އެކެއް) މަސްދުވަސް ހަމަވެއްޖެނަމަ:

(ހ) ފުރަތަމަ ފަހަރު ނަމަ ލިޔުމުން ނަސޭހަތް ދިނުން،

(ށ) ތަކުރާރުވާނަމަ ލިޔުމުން އިންޒާރު ދިނުން،

(ނ) ލިޔުމުން ނަސޭހަތް ދެވިފައިވާނަމަ "ސެޓުފިކެޓު އޮފް ގުޑް ސްޓޭންޑިންގް"  ދޫނުކުރުމަށް މި ބޯރޑުން ވަނީ ނިންމާފައެވެ. ނަމަވެސް އެހެން ފަރާތަކުން (ވަޒީފާ ދޭފަރާތަކުން ނުވަތަ ތަޢުލީމީ / އެހެން އިދާރާއަކުން) ރިފަރެންސް އަކަށް އެދެފިނަމަ، ރިފަރެންސް ސިޓީއެއް ދޫކުރެވޭނެ ކަމުގައި ދެންނެވީމެވެ. (މި ރިފަރެންސް ސިޓީގައި "ސެޓުފިކެޓު އޮފް ގުޑް ސްޓޭންޑިންގް ނުލިބުނު ސަބަބު ބަޔާންކޮށް އަދި އެހެންވެސް މަސައްކަތުގެ އަޚުލާޤާއި ސުލޫކީ މިންގަނޑާ ޚިލާފުވާފަދަ ކަމެއް ނެތްނަމަ، އެ ކަން ބަޔާންކުރެވޭނެއެވެ.)

           ވީމާ، މިކަން އަންގައި އިޢުލާނު ކުރީމެވެ.

           3  ރަޖަބު  1434       

13 މޭ 2013
ހޯދާ