ދިވެހިރާއްޖެ
މި މިނިސްޓްރީގައި މިހާރު ހެދިފައިވާ ކެބިންތައް މަރާމާތުކޮށް، ބަދަލު ކުރަންޖެހޭ ކެބިންތައްތަކާއި މިހާރު ހުރި ބައެއް އޭސީތައް ބަދަލުކޮށް އަދި 08 ތަނެއްގައި 08 އޭސީ ހަރުކޮށްދީ އިންސްޓޯލް ކުރުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބިޑް ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު އެއަރކޮންޑިޝަންގެ މަސައްކަތަށް ވަކިން އަދި މަރާމާތުގެ މަސައްކަތަށް ވަކިން ބިޑް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ އެސް.އެމް.އީ ތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރެޖިސްޓޭޝަނަށް އަދި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން އަދި ރެޖިސްޓްރޭޝަން |
18 އޮގަސްޓް 2021 ވާ ބުދަ ދުވަހު 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
އަންދާސީ ހިސާބު ހުށަހެޅުން |
26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 11 (އެގާރަ) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339231 ނަންބަރު ފޯނަށެވެ.