ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިޚްތިޞާޞް ހިމެނޭ ސަރަހައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ހއ.ފިއްލަދޫ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ.
ނަމަވެސް ބައެއްފަރާތްތަކުން ހުއްދަނެތި ދައްޕަރަށް އަރައި ވެލި އަކިރިނަގައި ، ރުކާއި، ލަކުޑި ފަދަ ތަކެތި ކަނޑާ ބޭރުކުރަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީލިބެމުންނެވެ.
ވީމާ، މިއަދުންފެށިގެން އެއްވެސް ފަރާތަކުން ، ފިއްލަދޫ ދައްޕަރަށް އެރުމާއި ދައްޕަރުގެ ބޭނުން ކުރަންވާނީ މިކައުންސިލްގެ ހުއްދަލިބިގެންކަމުގައި ދަންނަވަމެވެ. އަދި މިކައުންސިލްގެހުއްދަނެތި ދައްޕަރުގެ ބޭނުންކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 22 ވަނަ މާއްދާއިން، މިކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.