ދިވެހިރާއްޖެ
އިނގުރައިދޫ ސްކޫލް
ރ. އިނގުރައިދޫ، ދިވެހިރާއްޖެ
ނަންބަރ: GS124/IUL/2021/22
އިޢުލާނު
ނީލަން ކިޔުމާއި ގުޅޭ
މި ސްކޫލުގެ ކުޅޭ ބިމުގެ ވަށާފަރު އުސްކުރުމަށްޓަކައި ކުޅޭ ބިމުގެ އުތުރު ފަރާތުގައި ހެދިފައިވާ 2 ދިއްގާ ގަސް ނީލަން ކިޔަން ވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 18 އޮގަސްޓް 2021 ވާ ބުދަ ދުވަހު ހަވީރު 16:30 ށް ސްކޫލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.
މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން ނިމޭތާ ރަސްމީ 3 ދުވަސްތެރޭގައި ފައިސާ ދައްކަވައި ގިނަވެގެން 4 ދުވަސްތެރޭގައި ތަކެތި ނަންގަވައި ބިން ސާފުކުރަން ވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
11 އޮގަސްޓް 2021