ދިވެހިރާއްޖެ
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމާއި ބެހޭ:
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.
# |
އައިޓަމް |
ބޭނުންވާ އަދަދު |
ސްޕެސިފިކޭޝަން |
1 |
ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް |
2 |
i7 processor, 8GB RAM, 1TB hard disk |
2 |
ޑެސްކްޓޮޕް ކޮމްޕިޓަރ ސިސްޓަމް |
1 |
i7 processor, 16GB RAM, 1TB hard disk, (minimum 24 inch Monitor) |
3 |
ޕްރޮޖެކްޓަރ |
1 |
Wifi capable (wireless projection) |
4 |
ނެޓްވޯރކް އެޓޭޗްޑް ސްޓޯރޭޖް ސިސްޓަމް |
1 |
NAS with 2TB hard disk(x2) disk (RAID support) |
5 |
އެޗް.ޑީ.އެމް.އައި ކޭބަލް |
1 |
50 ft hdmi cable (both end hdmi) |
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މައުލޫމާތާއިއެކު ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ގައި ހުންނަންޖެހޭ މަޢުލޫމާތު:
1- ހުށަހަޅާ ފަރާތުގެ ނަން ( ވިއްކާ ކޮމްޕެނީ/ފަރާތުގެ ނަމާއިއެޑްރެސް، ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް،ފެކްސް ނަންބަރ )
2- ތަކެތީގެ ސްޕެސިފިކޭޝަން.
3- ތަކެތީގެ ކުލަ ފޮޓޯ.
4- ތަކެތީގެ އަގު (ދިވެހި ރުފިޔާއިން).
5- ތަކެތި ފޯރުކޮށްދޭނެ މުއްދަތު.
6- ތަކެތީގެ ވޮރެންޓީ ޕީރިއަޑުގެ މުއްދަތު.
7- މަސައްކަތުގެ ތަޖުރިބާ ބަޔާންކުރުން.
8- (ނޯޓް) މަސައްކަތުގެ ތަޖުރިބާ މިންކުރެވޭނީ އެކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅާ، (ކަމާއި ގުޅޭ ދާއިރާއަކުން މަސައްކަތެއްކޮށް ނިންމައި އެމަސައްކަތް ބަލައިގަނެ އެމަސައްކަތެއް ހަވާލުކުރި އިދާރާއަކުން ދީފައިވާ)، ލިޔެކިއުންތަކުގެ ނިސްބަތުންނެވެ.
9- މި ދެންނެވި މަޢުލޫމާތު ހިމެނޭގޮތަށް ވިއްކާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ބިޑް ހުށަހެޅުއްވުން.
މި އިދާރާއިން ބަލާނެ ކަންތައްތައް:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ހިންގާ ކަމާއި ގުޅޭ ދާއިރާގެ ވިޔަފާރި ކުރާ ފަރާތެއްތޯ
- ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން ބިޑް އިވެލުއޭޓްކުރުމަށް ފަހު، ބިޑް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
(Submitted Warranty Period / Submitted Benchmark WarrantyPeriod) x Allocated Percentage
|
|
10% |
ވޮރަންޓީ މުއްދަތު |
ބިޑް ހުށަހެޅުމާއި ބަލައިގަތުން:
- ބިޑް ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
- ހުށަހަޅުއްވާ ބިޑް ހުށަހަޅަންވާނީ މިކަމަށް 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހު 13:00 ގައި ބައްވާ އޮންލައިން މީޓިން ކުރިޔަށް ދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑުހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބިޑް ސަބްމިޓް ކުރުމަށް މިއިދާރާއިން ދެންނެވުމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑްތައް ހުށަހަޅާނީއެވެ.
- ބިޑްތައް ލިބުމުން ބިޑްތައް ޗެކްކުރުން އޮންނާނީ މިމީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
- އަދި ބިޑްތައް ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑްހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
- މި މަސައްކަތް ޙަވާލު ކުރެވޭނީ ބިޑް އިވެލުއޭޝަނުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
- މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ބިޑް ކާމިޔާބުކުރާ ފަރާތާއި މިކައުންސިލާއި ދެމެދު ކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.