ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
2 އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކޯޓުގެ ނަންބަރު (IUL)197-A3/1/2021/28 28  ޖޫން  2021 އިޢުލާނުގައި މަސައްކަތުގެ މުއްދަތު ބަޔާން ކޮށްފައި ނުވާތީވެ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ސުޕްރީމް ކޯޓުގެ ޢިމާރާތް 2 އަހަރު ދުވަހުގެ މުއްދަތައް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ https://supremecourt.mv/storage/mv/media/iulaan/information-sheet-cleaning-service-2nd-iulaan-35.pdf ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

        އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 16 އޮގަސްޓް 2021 ވަނަ ދުވަހުގެ 13:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

10 އޮގަސްޓް 2021
ހޯދާ