ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް ކުދިންވެއްދުން

އިއުލާން

 

2021 ވަނަ އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

 

2021 ވަނަ އަހަރު ނާސަރީ، ބޭބީ ނާސަރީ ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްރަކުން 19 އޮގަސްޓް 2021 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ފޯމާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުން އެދެމެވެ.

ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 13:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ.

 

ޕްރީސްކޫލަށް ކުދިން ވެއްދުމުގެ އުމުރުފުރާ ބަލާނީ 01 އޮގަސްޓް 2021 އަށް ކަމުގައި ދެންނެވީމެވެ.

 

މަރުހަލާ

އުމުރު ފުރާ

ބޭބީ ނަސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ. 

10 އޮގަސްޓް 2021
ހޯދާ