މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.މާފުށީ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 (IUL)337-C-AB/337/2021/41 ނަމްބަރ

އިޢުލާން

 

ކ.މާފުށީ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކ.މާފުށީގެ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން ބީލަންވެރިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވުމަށްފަހު،  މަޢުލޫމާތު ސާފުކުރުމާއި ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށްދާނީ މާފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ [email protected] އީމެއިލްގެ ޒަރިއްޔާއިންނެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

2021 އޮގަސްޓް 12 އިން 2021 އޮގަސްޓް 16 ވަނަ ދުވަހުގެ 12:00އަށް.

ޕްރީ ބިޑް މީޓިންގ:

2021 އޮގަސްޓް 16 ވަނަދުވަހުގެ 13:30 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

2021 އޮގަސްޓް 24 ވަނަ ދުވަހުގެ 13:30ގައި މާފުށި ކައުންސިލް އިދާރާގެ މީޓީންގ ރޫމްގައި،

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިޔުންތައް 2021 އޮގަސްޓް 12 އިން ފެށިގެން މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 އޮގަސްޓް 16ވަނަ ދުވަހުގެ 13:00ގެ ކުރިން މަތީގައިވާ މެއިލް އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ 2021 އޮގަސްޓް 24 ވަނަ ދުވަހުގެ 13:30ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސީޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

29 ޛުލްޙިއްޖާ 1442

08 އޮގަސްޓް  2021

08 އޮގަސްޓް 2021
ހޯދާ