ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އދ. ދަނގެތީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯލްޓޭޖް ސްޓޭބަލައިޒަރ ބަހައްޓާ ޕްލޮޓްގައި ވަށާފާރު ރާނާ ސަބްސްޓޭޝަން ފައުންޑޭޝަނާއި ޕެނަލްޝެޑް ޢިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                                                       

އިޢުލާން ނަންބަރ:H/IUL/2021/85A

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

އދ. ދަނގެތީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯލްޓޭޖް ސްޓޭބަލައިޒަރ ބަހައްޓާ ޕްލޮޓްގައި ވަށާފާރު ރާނާ ސަބްސްޓޭޝަން ފައުންޑޭޝަނާއި ޕެނަލްޝެޑް ޢިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ H/IUL/2021/85 އިޢުލާނައް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް 08 އޯގަސްޓް 2021 ވާ (އާދިއްތަ) ދުވަހުން ފެށިގެން 11 އޯގަސްޓް 2021 ވާ (ބުދަ) ދުވަހުގެ 15:00 އާއި ހަމައަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ނަން ނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. އަދި މިފަދަ މަސައްކަތްތަށް ކޮށް، 3 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 75 ޕޮއިންޓް   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 75

މުއްދަތު: 15 ޕޮއިންޓް   

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 15

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.                      

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2021/85A

ބިޑް ހުޅުވުން:

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި ނަންނޯޓު ކުރައްވާ ފަރާތްތަކައް އީމެއިލް މެދުވެރިކޮއް މި ކުންފުނިން އަންގާދެވޭނެއެވެ.

29ޝައްވާލް 1442

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08.08.2021

08 އޮގަސްޓް 2021
ހޯދާ