ދިވެހިރާއްޖެ
(IUL)196-C/1/2021/43 ނަންބަރު
އިޢުލާން
މިއޮފީހަށް 50 SSD Hard Disk ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް 2021 އޮގަސްޓު 17 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމަށް ފަހު، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅި ފަރާތުގެ ނަން:
މާޤާމް:
އީމެއިލް:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލް ކުރެއްވުމަށްފަހު ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާކަން ކަށަވަރުކުރުމަށް، މެއިލް މިއޮފީހަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ އަމިއްލަ ޒިންމާއެކެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން: 2021 އޮގަސްޓު 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއޮފީހުގައެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
29 ޛުލްޙިއްޖާ 1442