ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާގެ ނިންމުން
                                | ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް | |||
| ބައްދަލުވުމުގެ ނަންބަރު: | 4 ވަނަ ދައުރުގެ 9 | ބައްދަލުވުމުގެ ބާވަތް: | އާއްމު ބައްދަލުވުން | 
| ބައްދަލުވުން ބޭއްވި ތާރީޙް: | 5 އޯގަސްޓް 2021 | ބައްދަލުވުން ބޭއްވި ގަޑި: | 10:25 | 
ނިންމުންތައް
- ރަށުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް ޢިމާރާތްކުރުމަށްފަހު މިހިނދަށް ބޭނުންކުރަމުންދާ މިސްކިތާއިމެދު އަމަލުކުރާނޭ ގޮތެއްނިންމުމަށް 10 އޯގަސްޓް 2021 ވަނަ ދުވަހު 10:00 ގައި ކައުންސިލަށް ލަފާދޭ ކޮމެޓީއާއި ބައްދަލުކޮށް ރައްޔިތުންގެ ހިޔާލާއިއެކު ގޮތެއްނިންމުމަށް ނިންމުނު.
- ކައުންސިލްގެ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި 4834602.99 (ހަތަރުމިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ދެރުފިޔާ ނުވަދިހަ ނުވަލާރި) ކަމުގައި ކަނޑައަޅައި ފާސްކުރެވުނު.
- ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލު ފާސްކުރެވުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
             05 އޮގަސްޓް 2021
            
        
                    ހޯދާ  
                
                 
                    