މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓްގެ މަޢުލޫމާތު ޢާއްމުކުރުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 2021 ޖުލައި މަހު ކުރިއަށް ގެންގޮސްފައިވާ -/35,000ރ. (ތިރީސްފަސްހާސް) އިން ދަށުގެ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު މި އިޢުލާނާއިއެކު އާއްމުކުރީމެވެ.

 

އަދި ދަންނަވަމެވެ. މި މިނިސްޓްރީގެ ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "މުދަލާއި ޚިދުމަތް ފޯރުކޮށްދެއްވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދެންނެވީމެވެ. އީ- މެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.

 

ވެންޑަރ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 އޮގަސްޓް 2021
ހޯދާ