މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
'ޑެސްކްޓޮޕް ކޮންޕިއުޓަރ ސިސްޓަމްސް' ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

'ޑެސްކްޓޮޕް ކޮންޕިއުޓަރ ސިސްޓަމްސް' ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

      މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް 'ޑެސްކްޓޮޕް ކޮންޕިއުޓަރު ސިސްޓަމް'ތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 އޮގަސްޓު 12 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ބްރޭންޑް 'އޮތޮރައިޒްޑް ޑިސްޓިބިއުޓަރަކަށް' ވާންވާނެއެވެ.

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ  2021 އޮގަސްޓު 26 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓު 26 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

05 އޮގަސްޓް 2021
ހޯދާ