ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: MMS-A/2021/11
މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިސަރވިސް އަށް 7 އެއަރކަންޑިޝަން ސަޕްލައިކޮށްދީ، އޮފީހުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތަށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގު ވެރިވެ ލައްވާ ފަރާތްތަކުން 2021 އޮގަސްޓު 16 ވާ ހޯމަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެވަގުތު 16 އޮގަސްޓު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 2021 އޮގަސްޓު 11 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
އެއަރ ކޮންޑިޝަންގެ ޢަދަދާއި ތަފްސީލް:
އެއަރ ކޮންޑިޝަން ހަރުކުރާ އިމާރާތް |
ބޭނުންވާ އަދަދު |
ބޭނުންވާ ކެޕޭސިޓީ |
ޓައިޕް |
ތަފްސީލް |
# |
ގަން މެޓް އޮފީސް ، ސ.ގަން |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
1 |
ހަނިމާދޫ މެޓް އޮފީސް، ހދ. ހަނިމާދޫ |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
2 |
ކައްދޫ މެޓް އޮފީސް، ލ. ކައްދޫ |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
3 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސްޓޮކް ރޫމް، ކ. ހުޅުލެ |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
4 |
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް- ސަރވަރ ރޫމް، ކ. ހުޅުލެ |
01 |
18000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
5 |
ހަނިމާދޫ ކުލައިމެޓް އޮބްޒަރވޭޓްރީ، ހދ. ހަނިމާދޫ |
01 |
24000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
6 |
ހަނިމާދޫ މެޓް އޮފީސް (ސިސްމިކް ސްޓޭޝާން)، ހދ. ހަނިމާދޫ |
01 |
9000 BTU |
ވޯލް މައުންޓް |
އެއަރކަންޑިޝަން އިންވާޓަރ |
7 |
- މަތީގައިވާ ގޮތަށް 07 އެއަރކަންޑިޝަންއަށް، ހަރުކުރުމުގެ އަގާއި އެކު އެސްޓިމޭޓް ހުށައެޅުއްވުން.
- އެސްޓިމޭޓް ހުށައަޅުއްވާ އެއަރ ކޮންޑިޝަންތައް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ އިންވާޓަރ ތަކެއްޗަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، އެއަރ ކޮންޑިޝަންގެ ރޭޓް، ހަރުކުރުމުގެ އަގު އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރކޮށް ހަރުކޮށް ނިންމައިދޭނެ މުއްދަތު (ހުޅުލޭގެ އޮފީސް ތަކާއި އަތޮޅު ތަކުގެ އޮފީސްތަކަށް) ވަކި ވަކިން އެގެން އޮންނަން ވާނެއެވެ.
- އެއަރ ކޮންޑިޝަންތަކަށް މަދުވެގެން 01 އަހަރު ދުވަހުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އެސްޓިމޭޓްއާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 70) |
70 |
|
15 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއްދަތު އަދި ތާރީޚް އެންގޭނޭ ގޮތަށް މަސައްކަތް ކުރުވިފަރާތުން ދެއްވާފައިވާ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުމަށް އެކަންޏެވެ. މިފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
|
10 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.