ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމާއި މަހުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، މަސްފެންގަނޑުމަގުގެ ދެކުނުން، 2000 އަކަފޫޓުގެ 2(ދޭއް) ބިން މަސްކައްކާ ހިއްކުމާއި މަހުގެ ވިޔަފާރިކުރުމުގެ ބޭނުންތަކަށް، 10އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

މި ބިމަށް ކުރިމަތިލެވޭނީ ލ. ކަލައިދޫގެ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ލ. ކަލައިދޫގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޮގަސްޓް 2021 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

04 އޮގަސްޓް 2021
ހޯދާ