މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

                

މިއިދާރާގެ ކޮމިއުނިކޭޝަން ނިޒާމު ތަރައްޤީ ކުރުމަށްޓަކައި ސާވަރ ރޫމްގައި ކުރަންޖެހޭ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާނަށް ((IUL)304-MS/304/2021/67  ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 އޯގަސްޓް 2021

ބުދަ

11:00

ޕްރޮޕޯސަލް

16 އޯގަސްޓް 2021

ހޯމަ

11:00

 

ޕްރޮޕޯސަލް ހުށައެޅުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ (ކުންފުނި، ޕާޓްނަޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.     

އިތުރު މަޢުލޫމާތު

އަގު

%65

ތަޢުލީމާއި، ތަޖުރިބާ

%5

ޕްރޮޕޯސަލް

%20

މުއްދަތު

10%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

25 ޛުލްޙިއްޖާ 1442

04 އޯގަސްޓް 2021

04 އޮގަސްޓް 2021
ހޯދާ