1- އެކިއެކި ބޭނުންތަކަށް ކައުންސިލަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކިޔުމާއި، އަދި ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ކަމާއި ބެހޭ މުވައްޒަފު ހަވާލުކުރުމުން ލަސްނުކޮށް ކަނޑައެޅިފައިވާ ވަގުތަށް ޞައްޙަ މަޢުލޫމާތާއިއެކު އަންގަމުން ގެންދިއުން.
2- އެކިއެކި ފަރާތްތަކަށް ކައުންސިލުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޙަޥާލުކުރުން.
3- ކައުންސިލުން ބަލަހައްޓާ ޢިމާރާތްތަކާއި ތަކެއްޗާއި ތަންނުގެ ކުދިމަރާމާތު ކައުންސިލްގެ އިދާރާގެ ކަމާއި ބެހޭ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން އެކަންކަން މަރާމާތުކޮށް ބެލެހެއްޓުން.
4- ކައުންސިލްގެ އިދާރާ ފޮޅާ ސާފުކުރުމާއި ގޯތިތެރެއާއި ވަށައިގެން މަގުގެ ސަރަހައްދު ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި އަދި ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ތަން ޒީނަތްތެރިކޮށް ބެހެއްޓުމަށް މަސައްކަތްކުރުން. އަދި އިޖުތިމާޢީ ސަރަހައްދު ތަކާއި ޤަބުރުސްތާން ސާފުކޮށް ބަލަހައްޓާ މީހުންގެ މަސައްކަތްތައް ބަލަހައްޓާ އެކަންކަމާއި ގުޅޭ މައުލޫމާތު ކައުންސިލާއި ހިއްސާކޮށް އެކަންކަމަށް ބޭނުންވާ ކުރިއެރުން ގެނެވުމަށް މަސައްކަތް ކުރުން.
5- ރައްޔިތުންގެ ބޯފެންތާނގީތަކަށް ވާރޭފެން ނަގައި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
6- ކައުންސިލް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ވަކި މުވައްޒަފަކު ނެތުގެ ސަބަބުން، ކުރުމަށް ރަށު ކައުންސިލުގެ އިސްވެރިޔަކު ހަވާލުކުރައްވާ މަޤާމާއި އެކަށީގެންވާ ރަސްމީ މަސައްކަތްތައް ކުރުން.
7- ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ދަށުން ޕޯސްޓް ތަކާއި ހަވާލުވެ ޕޯސްޓްތައް އޭގެ ވެރި ފަރާތްތަކަށް ހަވާލުކުރުން.
8- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
9- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
10- ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ އެންމެހާ ނުފޫޒުން އެއްކިބާވެހުރެ ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.
|