މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީނު އަދި ރެސްޓޯރެންޓުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވުމާއި ގުޅޭ

އިޢުލާން

 

                    31 ޑިސެންބަރު 2014 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރެވުނު އިޢުލާނު ނަންބަރު (IUL)101-AF/1/2014/177 އާއި ހަވާލާދީ ދަންނަވަމެވެ.

                    ދެންނެވުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، 1 އެޕްރީލް 2015 އިން ފެށިގެން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީނު އަދި ރެސްޓޯރެންޓުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އެގޮތުން، ރ.އަލިފުށީގައި މިފަދަ ތަންތަނުގައި ކޭޝިއަރުންގެ މަޤާމަށް ބިދޭސީން އައްޔަންކޮށްފައިވާނަމަ މިއަދުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މިކަން އިސްލާޙް ކުރުމަށް ދަންނަވަމެވެ. އަދި މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

04 އޮގަސްޓް 2021
ހޯދާ