ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/121 

ތާރީޚް:  04 އޮގަސްޓް 2021

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

ރޭންކް: ޖީ.އެސް 3

މުއްދަތު

 06 މަސް ދުވަސް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން  07 ފެބްރުއަރީ 2022 ގެ ނިޔަލަށް)

ޢަދަދު

 01

މަޤާމުގެ ކްލެސިފިކޭޝަން

 އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/4,465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: (2,232/50 މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/1,500
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
  2. މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޑިޕާޓްމަންޓުގެ ވެރިންގެ ބައްދަލުވުންތަކުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، ސެކްޝަންތަކަށް މެމޯ ފޮނުވުން.
  • ބިއުރޯއިން ރާވައި ނުވަތަ ބައިވެރިވާ އެކިއެކި ރަސްމީ ބައްދަލުވުންތަކާއި، އެހެނިހެން ހަރަކާތްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ކޯޓުތަކުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުންނާއި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން އެހެން ސެކްޝަނަކާއި ގުޅުމެއް ނެތް ކަންކަން ކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ޕްރޮޓޮކޯލްގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • ޕޮލިސީ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ކަމާ ގުޅުންހުރި ސެކްޝަންތަކަށް މެމޯ ފޮނުވައި، އެ މަސައްކަތްތަކުގެ ސްޓޭޓަސް ބެލުން.
  • އެކި އެކި އިދާރާތަކުން ޑިޕާޓްމަންޓަށް ލިބޭ ސިޓީއާއި ލިޔެކިޔުންތައް އެންޓަރކޮށް ކަމާބެހޭ ސެކްޝަންތަކަށް ކޮޕީ ޙަވާލުކޮށް އަސްލުތައް ފައިލުކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ރަސްމީ އެސް.އެމް.އެސްތައް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
  • އިތުރު ގަޑިއަށް އެޕްލައިކޮށްދޭ ހާލަތްތަކުގައި މުވައްޒަފުންގެ އިތުރުގަޑި މެމްސްއިން އެޕްލައިކޮށްދިނުން.
  • މުވައްޒަފުންގެ އިތުރުގަޑި %65 އަށްވުރެން އިތުރުވާނަމަ އިތުރުވާ ދުވަސްތަކަށް ހުއްދަ ހޯދުމަށް އެދި ބިއުރޯއަށް މެމޯ ފޮނުވުމުން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ހުއްދަ ހޯދައި، އެޗް.އާރު ސެކްޝަނަށް މެމޯ ފޮނުވުން.
  • ޑީޖޭއޭގެ އެކިއެކި ބައްދަލުވުންތަކަށް ބޭނުންވާ ތަކެތި، ސްޓޮކުން ހޯދުމުގެ މަސައްކަތް ކުރުން،
  • ސެކްޝަންތަކުން ބާއްވާ ބައްދަލުވުންތައް އެރޭންޖްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރއާ ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރއާއި، ސެކްޝަން ހެޑް ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އިންނަވާ ކޮޓަރި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • މީގެ އިތުރުންވެސް ވެރިއަކު ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

ތަޢުލީމީ ރޮނގު

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2021 އޮގަސްޓް 15 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ:10
  • މަސައްކަތަށް ބޭނުންވާ ހުނަރަށް :10
  • އިންޓަރވިއު: %50

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް މުއާމަލާތުކުރަން އެނގުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • އެޗްއާރު ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް ފެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.  
04 އޮގަސްޓް 2021
ހޯދާ