މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ޚިޔާލު ހޯދުން

ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް (2022 ން 2026 އަށް) ތައްޔާރުކުރަންޖެހޭ ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް 2021 އޮގަސްޓު 6 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ:

  1. އަސާސީ ޚިދުމަތްތަކުގެ ތެރެއިން ކަރަންޓުގެ ޚިދުމަތުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މިގޮންޖެހުންތައް ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން.
  2. ރަށުގެ މަގުތަކާއި ގޯޅިތައް ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، މަގުތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން.
  3. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިންނާއި، ކުޅިވަރު ދަނޑުތައް ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި، އިޖުތިމާޢީ މަރުކަޒުތައް ތަރައްޤީކުރުމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއެރުވުމަށް ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން.
  4. ކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

4  އޮގަސްޓު 2021

04 އޮގަސްޓް 2021
ހޯދާ