ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ މަރުކަޒުގެ ގޯތި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

                                                ނަންބަރު:(IUL)421/421/2021/19

 

އިޢުލާން

 

ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ މަގު ސާފުކުރުން

 

           މިރަށު ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެއާއި އެގޯތީގެވަށައިގެންވާ މަގުތައް 16 އޯގަސްޓް 2021 އިން 31 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ނިޔަލަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

ކުރަންޖެހޭ މަސައްކަތްތައް:

  1. ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެ އެއްކޮށް ސާފުކުރުން
  2. ޒުވާނުންގެ މަރުކަޒުގެ ވަށައިގެންވާ މަގު އެއްކޮށް ސާފުކުރުން

މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:

  1. މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން ( މިކަން ބަލާނީ ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައިގެންނެވެ. )
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

  1. އައިޑީކާޑުގެ މުއްދަތު ހަމަނުވަ ސާފު ކޮޕީއެއް
  2. މިމަސައްކަތް ކުރުމަށްއެދި ހުށަހަޅާ ސިޓީ
  3. ތަޖުރިބާގެ ލިޔުން

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            24 ޛުލްޙިއްޖާ 1442

            03 އޯގަސްޓް 2021

                                                         ޙަސަން ޢަބްދުﷲ

                                                        ކައުންސިލްގެ ރައީސް 

03 އޮގަސްޓް 2021
ހޯދާ