މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

                 މިއިދާރާގެ ބެލުމުގެ ދަށުގައިވާ މަރިޔާދުގޭ ގޯތި ތެރޭގައި މިހާރު ހަދާފައިވާ ވެހިކަލް ވެއްދުމަށް ބޭނުންކުރާ ގަރާޖުގައި މިހާރު ކުރަމުންދާ ބޭނުމުގެ ބަދަލުގައި އެހެން ބޭނުމެއް ކުރެވޭގޮތަށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:  230-AHI/230/2021/19  ( 08 ޖުލައި 2021 ) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން ފުރުޞަތު ހުޅުވާލަމަވެ.

                 ވީމާ، މަތީގައި ދެންނެވިފައިވާ ގަރާޖުގެ ބޭނުން ކުރިޔަށް އޮތްތަނުގައި ހިފުމަށް ރޭވިފައިވާގޮތަށް އެއިމާރާތަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކަމާގުޅޭ މައުލޫމާތު ކަރުދާސް ނަންގަވާ އަދި ބީލަމުގައި ބައިވެރިވާ ފަރާތްތައް މިއިދާރާގައި ރެޖިސްޓަރ ވާންވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. 

                  މިކަމާގުޅޭ މައުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 6602537 އަށް ގުޅުއްވާ އަދި ލިޔުމަކުން އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިންވެސް ރަޖިސްޓަރ ކުރުމާއި އަދި މައުލޫތު ދިނުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ. މިއިދާރާގެ އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު 13:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 13:05 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

                 ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.

                 24 ޛުލްޙައްޖާ 1442

03 އޮގަސްޓް 2021
ހޯދާ