ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.
އިޢުލާން
ސްކޫލްގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް.
މި ސްކޫލްގެ އިޢުލާން ނަމްބަރު GS137/IUL/2021/11 (14 ޖުލައި 2021 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓްރީ ވެފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތް
1- 4 ފާޚާނާގެ މުށި ބަދަލުކުރުން.
2- އިމާރާތުގައި ކުލަލުން.
ވީމާ ، މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021އޮގަސްޓް 04 އިން 2021 އޮގަސްޓް 05 އަށް ބަންދޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 13:30 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021އޮގަސްޓް 08 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021އޮގަސްޓް 08 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 2021އޮގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުޅަދޫ ސްކޫލް
ބ.ފުޅަދޫ
ފޯން: 6600013
އީ-މެއިލް: [email protected]
03 އޮގަސްޓް 2021
ހޯދާ