ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީ
ކ. މާފުށި، ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ:WDC/IUL/2021/11
ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން ހިންގާދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
މިކޮމެޓީގެ ނަންބަރު: WDC/IUL/2021/10 (29 ޖޫން 2021)ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން ހިންގާދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ކ.މާފުށި ޕްރީސްކޫލް ޢިމާރާތުގައި ޕްރީސްކޫލް ޕްރައިވެޓައިޒް ކޮށްގެން 10 އަހަރު ދުވަހުގެ މުއްދަތަށް ހިންގާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޯގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 18 އޯގަސްޓު 2021 ވާ ބުދަ ދުވަހުގެ 11:00 އަށް މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9538121 އަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
23 ޛުލްޙިއްޖާ 1442
03 އޮގަސްޓް 2021