ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

         

`

ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާ

ތ.ތިމަރަފުށި/ދިވެހިރާއްޖެ

                                                   ނަންބަރ: 391/391/2021/5(IUL)

                                    އިޢުލާން

ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނައި ދޭނެ ފަރާތެއް ހޯދުމަށް

           ސަރުކާރުގެ ޕީއެސްއައިޕީ ގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި މި ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނާ ދޭނެ ފަރާތެއް ހޯދުމަށް މައުލޫމާތު ސާފުކޮށް ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުން ފެށިގެން 12 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޮގަސްޓް 2021 ވަނަ ދުވަހު 11:00 ގައި މި އިދާރާގައެވެ.

 މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާނަމަ 12 އޮގސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                 23 ޒުލްޙިއްޖާ 1442

02 އޮގަސްޓް 2021

 

                                                          އިސްމާޢީލް އިބުރާހީމް

                                                          ކައުންސިލްގެ ރައީސް

02 އޮގަސްޓް 2021
ހޯދާ