ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާލުއްދީން ލައިބްރަރީ މަރާމާތުކުރުން

                                        ނަންބަރު:(IUL)421/421/2021/18

 

އިޢުލާން

 

ޖަމާލުއްދީން ލައިބްރަރީއަށް ބަދަލުގެނެސް އެއިމާރާތް މަރާމާތު ކުރުން

 

މިކައުންސިލުންދޭ ކުރެހުމާއި،މަޢުލޫމާތާއި އެއްގޮތަށް މިރަށު ޖަމާލުއްދީން ލައިބްރަރީ މަރާމާތު ކޮށްދޭނެ  ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އޯގަސްޓް މަހުގެ 01 ވަނަ ދުވަހުންފެށިގެން އޯގަސްޓް މަހުގެ 10 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.

  1. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން:
  2. މަސްޢޫލުވާ ފަރާތުގެ ނަން:
  3. ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ:
  4. އީމެއިލް އެޑްރެސް:
  5. ގުޅޭނެ ފޯނުނަންބަރު:

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

އަންދާސީ ހިސާބް ހުށަހެޅުން

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

15 އޯގަސްޓް 2021

އާދީއްތަ

13:00

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

             22  ޛުލްޙިއްޖާ 1442

             01  އޯގަސްޓް 2021

 

 

                                                     ޙަސަން ޢަބްދުﷲ

                                                    ކައުންސިލްގެ ރައީސް 

01 އޮގަސްޓް 2021
ހޯދާ