ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލް އިދާރާގެ އައު އޮފީސް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)371-ESMSPL/371/2021/74 އިޢުލާނުގެ މުއްދަތު ތެރޭގައި އެއްވެސް ފަރާތަކުން މިކަމަށް ޝައުޤުވެރިވެ އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް 500ރ ( ފަސްސަތޭކަ ރުފިޔާ ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާދެއްކުމާއި ބީލަމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 8:30 އިން 13:00 އަށް ބިލެތްދޫ ކައުންސިލް އިދާރާއަށް ދުރުވެ ފީ ދެއްކުމާއި ރަޖިސްޓްރީ ކުރެއްވުން އެދި ދަންނަވަމެވެ. ބީލަމަށް ފައިސާދެއްކުމާއި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 08 އޮގަސްޓް2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
މިމަސައްކަތް ކުރުމަށް އެދި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 26 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ " ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު " ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ހާޒިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާރޑް ކޮޕީ، ވެރިފަރާތް ހުއްދަ ދީފައިވާ ކަމުގެ ސިޓީ އަކާއި ހަޒިރުވާ ފަރާތުގެ އައިޑީ ކާރޑް ހުށައަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫ ކައުންސިލް އިދާރާގެ އައު އިމާރާތް" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް
- މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު