މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1435 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް

އިޢުލާން

ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން  މި މިނިސްޓްރީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޢިނާޔަތް ދެމުން ނުދާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

ޤާނޫނު ނަންބަރު 2/2008 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގައި ވަނީ، "ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެ މީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭންވާނެއެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި -/2,000 (ދެ ހާސް) ރުފިޔާއަށް ވުރެ މަދު ނަމަ ދޭނީ -/2,000 (ދެ ހާސް) ރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި -/10,000 (ދިހަ ހާސް) ރުފިޔާއަށް ވުރެ ގިނަ ނަމަ، ދޭނީ -/10,000 (ދިހަ ހާސް) ރުފިޔާއެވެ."

ވީމާ، ވަޒީފާދެއްވާ އެންމެހައި ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1435 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް ދެންނެވީމެވެ.

12 ޝަޢުބާން 1435

10 ޖޫން 2014
ހޯދާ