ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

 

އިޢުލާން

 

 

ނަންބަރ: GS-203/IUL/2021/10

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތާރީޚް: 01 އޮގަސްޓް 2021

 

މަރާމާތު މަސައްކަތް:-

 

1-     ހޯލް އިމާރާތުގައި ހުރި 02 ކުލާސްރޫމްގައި ދޮރުތަށް ފޯރުކޮށްދިނުން

2-           ސްޕަވައިޒަރސް ރޫމްގެ ހުޅަނގު ބިތުގެ ބެރި ފަޅައިގެން ގޮސް ބެރި ނަގައި އަލުން ބެރިއެއް އެޅުން ފަރުނީޗަރު ހަލާކުވަމުން ދިއުން، މުށިތައް ފަޅައިގެން ގޮސްފައިވާތީ އަލުން މުށިޖެހުން.

3-           އަލަށް ހަދާފައިވާ އިމާރާތުގެ އެތެރެއަށް ( ގުދަނަށް) ފެންފައިބާތީ އެކަން ހައްލުކުރުން.

 

        ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

  • މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 އޮގަސްޓް 02 ން 2021 އޮގަސްޓް 05 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 05 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހެޅުން އޮންނާނީ 2021 އޮގަސްޓް 08 ވަނަ ދުވަހުގެ 11:00 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.

         

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

 

 

           

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހޯނޑެއްދޫ ސްކޫލް

ފޯން:  7983089

އީ-މެއިލް: [email protected]

01 އޮގަސްޓް 2021
ހޯދާ