މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކުރުމަށް ޗެކްކުރުމާ ގުޅޭ

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު: (IUL)202-A/1/2021/65 ،( 12 ޖުލައި 2021 ) އިޢުލާނުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް 01 އޯގަސްޓް 2021 އިން ފެށިގެން މާލޭ ސިޓި ކައުންސިލްއިން ކުރާގޮތަށް ބަދަލުކުރައްވާފައިވާތީ 01 އޮގަސްޓް 2021 ވަނަ ދުވަހުންފެށިގެން މާލެ އަދި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތައް ހަމަޖައްސައިފީމެވެ.

         މިޚިދުމަތައް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމް މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަން ) އިއްޒުއްދީންމަގު، ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތި ) ގެ ރިސެޕްޝަން، އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން ( އެޗް.ޑީ.ސީ ބިލްޑިންގ 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑައި ގަންނަވާނީ މަތީގައި ބަޔާން ކުރެވުނު 2 ސެކްޝަނުންނާއި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް ((https://malecity.gov.mv އިން 01 އޯގަސްޓް 2021 ވަނަ ދުވަހުން ފެށިގެންނެވެ. 

31 ޖުލައި 2021
ހޯދާ