ދިވެހިރާއްޖެ
ނަންބަރ: MMS-A/2021/10
އިޢުލާން
ވެހިކަލް ސަރވިސް ކުރުމަށް އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ ވެހިކަލް ނަމްބަރ C1G2379 ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް 29 ޖޫން 2021 ގައި ކޮށްފައިވާ، ނަންބަރު MMS-A/2021/9 އިއުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ އެސްޓިމޭޓް ތަކުގެ އަގު ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތީވެ، އެއެސްޓިމޭޓްތައް ބާތިލް ކޮށް އަލުން ހަތަރުވަނަ ފަހަރަށް އެސްޓިމޭޓް ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެވަގުތު 11 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 11 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްޝީލް |
|
އެސްޓިމޭޓްއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- އަމިއްލަފަރާތަކުން ހުށައަޅުއްވާނަމަ އައިޑީކާޑު ކޮޕީ
- މީގެ ކުރިން ކުރެވިފައިވާ އަދި މިހާރު ކުރަމުންދާ މި ބާވަތުގެ މަސައްކަތާއި ބެހޭ މައުލޫމާތު.
- މި މަސައްކަތުގައި ލިބިފައިވާ ތަޖްރިބާ އަންގައިދޭ ލިޔުން.
އެސްޓިމޭޓް ހުށަހަޅާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތައް
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
- ހުށަހަޅާ އެސްޓިމޭޓްގައި ކުރަންޖެހޭ މަސައްކަތްތަކަށް ތަފްސީލް އަގާއި ޖުމަލަ އަގު އަދި ޖީ.އެސް.ޓީ. ހިމަނަންވާނެއެވެ.
- ހުށަހަޅާ އެސްޓިމޭޓްގައި މަސައްކަތް ނިންމާނެ މުއްދަތު ހިމަނަންވޭނެއެވެ.
- ވެހިކަލް ގަރާޖަށް ގެންދިޔުމާއި މިސަރވިސްއަށް ގެނައުމަކީ މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
ބިޑްއިވެލުއޭޝަންކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 85) |
85 |
Shortest Delivery Period) / (Quoted Delivery Period) x 10) |
10 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއްދަތު އަދި ތާރީޚް އެންގޭނޭ ގޮތަށް މަސައްކަތް ކުރުވިފަރާތުން ދެއްވާފައިވާ ލިޔުން ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުމަށް އެކަންޏެވެ. މިފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
24 ޖުލައި 2021