ދިވެހިރާއްޖެ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވެއެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުގައި ވާތީއާއި، މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީ އާއި، މި ސަރަހައްދު ތަރައްޤީކުރެވޭ އިރު ހޮސްޕިޓަލާ ގުޅުންހުރި ބޭނުންތަކަށާއި އާއްމު އެހެން ބޭނުންތަކަށް މި ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާތީ، މި ސަރަހައްދުން ބިން ލިބެން އޮތީ، މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމުގައި ވާތީ، އާއްމުވެގެންވާ މަންފާއަކަށްޓަކައި މި ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ހުސްކުރުމުގެ ގޮތުންނެވެ. އިސްވެދެންނެވުނު ގޮތަށް ގޯތިތައް ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ ގޯތިތަކުގެ ވެރިފަރާތްތަކުގެ ގޯތިތައް ބަދަލު ކުރެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށް ފަހުއެވެ. ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ސަރަހައްދުގެ ގޯތިތަކުގެ ޗާޓާއި އަދި ގޯތިތައް ބަދަލުކުރެވޭ ސަރަހައްދުގެ ޗާޓު މި އިޢުލާނާއެކު އާއްމު ކުރެވިފައި ވާނެއެވެ.
މީގެ އިތުރުން، ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެފަރާތްތަކާ އެކަމާމެދު މަޝްވަރާކުރުމަށް ކައުންސިލުން ނިންމަވާފައިވާތީ، އެކަމާމެދު އެފަރާތްތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެވާހަކަ ދެންނެވީމެވެ.
އަންނަނިވި ގޯތިތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައި ވެއެވެ.
އޭ.އީ.އެޗް ސަރަހައްދުން ލިބިފައިވާ ގޯތީގެ ނަންބަރު |
ގޯތި ބަދަލުކުރެވޭ ސަރަހައްދުގެ ގޯތީގެ ނަންބަރު |
812 |
A-02 |
606 |
A-03 |
749 |
A-04 |
648 |
A-05 |
765 |
A-06 |
719 |
A-07 |
621 |
A-08 |
713 |
A-09 |
165 |
A-10 |
977 |
A-11 |
1647 |
A-13 |
1516 |
A-14 |
1356 |
A-15 |
1520 |
A-16 |
1109 |
A-17 |
769 |
A-18 |
1703 |
A-20 |
1116 |
A-21 |
1115 |
A-22 |
1430 |
A-23 |
1362 |
A-24 |
982 |
A-25 |
369 |
A-26 |
1506 |
A-27 |
1603 |
A-28 |
1081 |
A-29 |
547 |
A-30 |
655 |
A-31 |
1509 |
A-32 |
1670 |
A-33 |
681 |
A-34 |
663 |
A-35 |
1245 |
A-36 |
546 |
A-37 |
1695 |
A-38 |
މީގެ އިތުރުން، މަތީގައި ދެންނެވުނު ގޯތިތައް ފިޔަވައި މި ސަރަހައްދުން ގޯތި ލިބިފައިވާ ކަމަށް ބެލެވޭ ބައެއް ފަރާތްތަކުގެ ގޯއްޗާއި ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެގޯތިތަކާމެދު ކައުންސިލުން ނިންމަވާ ގޮތެއް އެފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
ވީމާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް މަސައްކަތެއް 18 ޖުލައި 2021 އިން ފެށިގެން ނުކުރުމަށް ދެންނެވީމެވެ. އަދި މި ގޯތިތަކުގައި މަސައްކަތެއް ކުރާނަމަ އެފަރާތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ވެސް ދެންނެވީމެވެ.
08 ޛުލްޤަޢިދާ 1442