މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް މަތީ ފުލޯތަކުގައި ޤަވާޢިދާ ޚިލާފަށް ހިންގާ ތަންތަން ހުސްކުރުމާ ގުޅޭ

މާލޭ ރޯމަސް މާރުކޭޓުގެ މަތީބުރި ތަކުގައި (ފަސްޓް، ސެކަންޑްފްލޯރގައި) ހުރި، މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށް މިއިދާރާއިން ކުރި ނަންބަރު (IUL)425-A1/425/2021/08 (30 ޖޫން 2021) ގެ އިޢުލާނާއި ގުޅިގެން، ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން މިއިދާރާއަށް ފާހަގަ ކުރެވެއެވެ.

 

                 ވުމާއެކު، އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން 28 ޖުލައި 2021 ގެ ކުރިން، އެތަންތަނުން ނެރެ އެތަކެތި ގެންގޮސް، އެތަންތަން ހުސްކުރުމަށް އެންގީމެވެ.

                 އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު މިއިދާރާއިން ނިންމާގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުވާނެ ވާހަކަވެސް އަންގާ އިޢުލާން ކުރީމެވެ.

18 ޖުލައި 2021
ހޯދާ