މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސްގެ ދަށުން ތައްޔާރުކޮށްފައިވާ 'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ރިވިއުކޮށް، އަދާހަމަކޮށް ރިޕޯޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސްގެ ދަށުން ތައްޔާރުކޮށްފައިވާ 'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ރިވިއުކޮށް، އަދާހަމަކޮށް ރިޕޯޓެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. ވީމާ، މި ޙިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.environment.gov.mv  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުން

ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު، ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންވާނީ 2021 އޯގަސްޓް 11 ވާ ބުދަ ދުވަހުގެ  10:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ.

ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2021 އޯގަސްޓް 11 ވާ ބުދަ ދުވަހުގެ  10:00 ގައި، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ފަރާތްތަކަށް ނުވަތަ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މައުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2021 އޯގަސްޓު 08 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ޕްރޮޕޯސަލް ހުށަހަޅަން ވާނީ  ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

ވެބްސައިޓް: www.environment.gov.mv

 

މަޝްރޫއުގެ ނަން: ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސްގެ ދަށުން ތައްޔާރުކޮށްފައިވާ 'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ރިވިއުކޮށް، އަދާހަމަކޮށް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް

އިއުލާން ނަންބަރު: (IUL)438-ENV/438/2021/196

ހުށަހެޅީ؛

(ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ޕްރޮޕޯސަލް ހުށަހަޅާ ފަރާތަށް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން ޕްރޮޕޯސަލް ބާތިލުކުރުމުގެ ފުރިހަމަ އިހްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި އެޕްލިކޭޝަން ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

17 ޖުލައި 2021
ހޯދާ