ދިވެހިރާއްޖެ
އިޢުލާން
މާލެ ސިޓީގައި އަގުދީގެން ޕާރކްކުރުމާއި ގުޅޭ.
މާލެ ސިޓީކައުންސިލްގެ ނަންބަރު (IUL)425-B6/1/2021/109 (08 ޖުލައި 2021) ގެ އިޢުލާން އާއި ޙަވަލާދީ ދަންނަވަމެވެ.
18 ޖުލައި 2021 ފެށިގެން ސަރުކާރު ބަންދު ދުވަސްތަކެއް އަންނާތީ ޕާރކިންގ ޖާގަތަކަށް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން 19 ޖުލައި 2021 ން ފެށިގެން 14 އޯގަސްޓް 2021 ގެ ނިޔަލަށް މުއްދަތު އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން ޖާގަ ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު، ވޭން އަށް 211 ޖާގައެވެ. އަދި ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ޖާގައިގެ އަދަދު ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ސަރަހައްދު |
އަދަދު |
މއ. ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) |
44 |
މއ. ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) |
21 |
މއ. ކުރެދިގޯޅި |
10 |
މއ. ހުދުފަޅުހިނގުން |
8 |
މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި |
20 |
މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި) |
10 |
ޞަލާޙުއްދީން ޕާރކިންގ |
10 |
ހ. އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް |
24 |
ހ. އަލިމަސް ކާނިވާ ސަރަހައްދުގައި |
6 |
ހ. ސަލްމާން މިސްކިތު ސަރަހައްދުގައި |
58 |
ވީމާ، ޕާރކިންގ ޖާގައަށް އެދިލައްވާ ފަރާތްތަކުން މާލޭ ސިޓީކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމުގައި ދަންނަވަމެވެ. އަދި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޛުލްޚިއްޖާ 1442
15 ޖުލައި 2021