ދިވެހިރާއްޖެ
1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަން ގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދަންބޭނުންވެއްޖެއެވެ.
2. މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވެސްވާނެއެވެ.
3. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އެފަރާތެއްގެ ތަފްސީލް މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ގުޅޭނެ ފަރާތެއްގެ ނަން އަދި މާޤާމް، އީމެއިލް އެޑްރެސް އަދި ކުންފުނީގެ ވެބްސައިޓް) އީމެއިލް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.
4. މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 08 އޯގަސްޓް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
5. މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 12 އޯގަސްޓް 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް ބިޑު އީމެއިލް ކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.