ދިވެހިރާއްޖެ
އިޢުލާން
މިއޮފީހަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި މި އޮފީހުގެ ނަންބަރު: (IUL)486/1/2021/1008 އިޢުލާން އާއި ގުޅިގެން ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ، 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ތާރީޚާއި ގަޑިއަށް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ.
ވީމާ، ޙަވާލާދީފައިވާ އިޢުލާނާގުޅިގެން ބިޑް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (ހ. ކެލީތިއާ / ހަކުރާގޯޅި) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އިސްވެ ދެންނެވުނު ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
05 ޛުލްޙިއްޖާ 1442