ދިވެހިރާއްޖެ
އިޢުލާން
އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ
މިމިނިސްޓްރީން ވިޔަފާރިތަކަށް ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް ހޯދުމަށް އެދޭ ފަރާތްތަކަށް، 21 ޖުލައި 2021 އަދި 27 ޖުލައި 2021 މި ދެ ދުވަހު، ހެނދުނު 9:00 އިން ހަވީރު 4:00 އަށް ތިރީގައިވާ ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، މި މިނިސްޓްރީން ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
1- ނަން ރިޒާރވް ކުރުން
2- ވިޔަފާރި ނަން ރަޖިސްޓްރީ ކުރުން
3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުން
4- ކުންފުނި ރަޖިސްޓްރީ ކުރުން
5- ޕްރޮފައިލް ޝީޓް ދޫކުރުން
6- ސީލް ރަޖިސްޓްރީ ކުރުން
މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކް މެދުވެރިކޮށެވެ.
މި އިޢުލާނާއި ގުޅިގެން ނުވަތަ، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށް އެދެމެވެ.