ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މި އެޖެންސީއަށް HP Modular Smart Array 2040 San Controller ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ

މި އެޖެންސީއަށް HP Modular Smart Array 2040 San Controller ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ:

         މި އެޖެންސީގެ ބޭނުމަށްHP Modular Smart Array 2040 San Controller  ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ (IUL)199-PCS/199/2021/19 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

         މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv  ގައިވެސް ޝާއިޢު ކުރެވިފައި ވާނެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

ތަފްޞީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

04 އޮގަސްޓް 2021

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

12 އޮގަސްޓް 2021

ބުރާސްފަތި

11:00

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

- ފޯން: 3005353

- ފެކްސް: 3003535

އީމެއިލް: [email protected]

15 ޖުލައި 2021
ހޯދާ