| 
 އިޢުލާން 
 | 
| 
 ތާރީޚް: 
 | 
 15 ޖުލައި 2021 
 | 
 ނަންބަރު: 
 | 
 (IUL)401-E/401/2021/280 
 | 
| 
 05 ޛުލްޙިއްޖާ 1442 
 | 
 އިޢުލާންގެ ވަނަ: 
 | 
 01 
 | 
| 
 މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 
 | 
| 
   
 | 
| 
 ލ. ފޮނަދޫ ބައެއް މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް/ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
  
| 
 ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު 
 | 
 
| 
 ސަރަހައްދު 
 | 
 ބޮޑުމިން (އަކަފޫޓް) 
 | 
 ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް) 
 | 
 
| 
 ސިރާޖުއްދީންމަގު ދެކުނުކޮޅު - ހައުސިން ޔުނިޓްތަކުގެ ދެކުނު 
 | 
 40,860 
 | 
 1،500.00ރ 
 | 
 
| 
 ކަތިމަގު 
 | 
 48,750 
 | 
 2،000.00ރ 
 | 
 
| 
 ސިރާޖުއްދީންމަގު އުތުރުކޮޅު - ހައުސިން ޔުނިޓްތަކުގެ އުތުރު 
 | 
 140,000 
 | 
 2،500.00ރ 
 | 
 
| 
 ތަށަވަތްމަގު – (ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު) 
 | 
 22,140 
 | 
 850.00ރ 
 | 
 
| 
 ކުރިގަމު ކުޅޭބިން ބޯޅަދަނޑާއެކު 
 | 
 185,386 
 | 
 4,000.00ރ 
 | 
 
| 
 މެދުއަވަށު ބޯޅަދަނޑު 
 | 
 101,838 
 | 
 2،000.00ރ 
 | 
 
| 
 މެދުއަވަށު ކުޅޭބިން 
 | 
 149,848 
 | 
 2،500.00ރ 
 | 
 
| 
 ބަރާސިލް ކުޅޭބިން ބޯޅަދަނޑާއެކު 
 | 
 292,368 
 | 
 4،000.00ރ 
 | 
 
| 
 ފުޓްސަލް ދަނޑު (ޓާފް ދަނޑު ހިމެނޭ ސަރަހައްދު) 
 | 
 13,516 
 | 
 1،000.00ރ 
 | 
 
| 
 ފުޓްސަލް ދަނޑު (މެޓް ދަނޑު ހިމެނޭ ސަރަހައްދު) 
 | 
 7,296 
 | 
 1،000.00ރ 
 | 
 
| 
 ކުޅޭބިން - ކުރިގަމު އަލަށް އާބާދުވި ސަރަހައްދު 
 | 
 42,544 
 | 
 2،000.00ރ 
 | 
 
| 
 މެދުއަވަށު ގަބުރުސްތާން 
 | 
 19,320 
 | 
 2،000.00ރ 
 | 
 
| 
 ދޫލައެޅިމަގު – (ސިރާޖުއްދީންމަގާއި ބޮޑުތަކުރުފާނުމަގާއި ދެމެދު) 
 | 
 16،250 
 | 
 1،500.00ރ 
 | 
 
 
 
  
 | 
| 
 ބީލަމުގައި ރަޖިސްޓްރީވުން 
 | 
- މި މަސައްކަތަށް ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
 
- ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ ބިމަކަށް -/150ރ އެވެ.
 
- ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  15 ޖުލައި 2021 (ބުރާސްފަތި) ދުވަހުން ފެށިގެން އިން 10 އޯގަސްޓް 2021 (އަންގާރަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ.
 
- މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. 
 
 
 | 
| 
 މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން 
 | 
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
 
- މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
 
- އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
 
 
 | 
| 
 ބީލަން ހުށަހެޅުން / ބީލަން ހުޅުވުން 
 | 
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޯގަސްޓް 2021 (ބުރާސްފަތި) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
 
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
 
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 އޯގަސްޓް 2021 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
 
 
 | 
| 
   
 | 
   
  
 | 
| 
   
 |