ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު:       01

މަޤާމުގެ ގިންތި:       ވަގުތީ

ވަޒީފާ އަދާކުރަން ޖެހޭ ތަން: ފުޓްސަލް ދަނޑު، ބަނދަރު، ޔޫތު ސެންޓަރ

މުސާރަ:           4200.00 ރުފިޔާ (މަހަކު)

ހާޟިރީ އެލަވަންސް:    60.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:     1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                  3. ރަމަޟާންމަހުގެ އިނާޔަތު ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފުޓްސަލް ދަނޑާ ފުޓްސަލް ދަނޑު ބޭރު ވިނައުފުރާ ސާފުކުރުން.
  2. ފުޓަސަލް ދަނޑު ދިއްލާ ނިއްވުން.
  3. ފުޓަސަލް ދަނޑުގައި ކުރަންހުރި މަރާމާތުތައް ކައުންސިލަށް އެންގުން.
  4. ބަނދަރުތެރޭގައި އުފެދޭ ކުނި ނެގުމާއި ޑަސްބިން ކުރުން.
  5. ބަނދަރުމަތީގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުންނަ އެއްޗެހި ނެގުމަށް އެންގުން.
  6. ޔޫތު ސެންޓަރ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:   ލިޔަން ކިޔަން އެނގުމާއި ފުރިހަމަ ސިއްހަތެއް ލިބިފައިވާ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:    1. ވަޒީފާއަށް އެދޭކަމުގެ ސިޓީ

                  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

                  3. ވަޒީފާއާއި ގުޅޭ ތަޖުރިބާގެ ލިޔުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 10 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ކަލައިދޫ ކައުންސިލްގެ އިދާރާ އަށެވެ.

އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 17 އާއި 2021 އޮގަސްޓް 21 އާ ދެމެދު، ކަލައިދޫ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800730 ނުވަތަ 9940473 ނަންބަރު ފޯނާއެވެ.

15 ޖުލައި 2021
ހޯދާ