ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އަންދާސީހިސާބު ބޭނުންވެއްޖެ

1        މިސްކޫލުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއި ފާޚާނާތައް މަރާމާތުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. (މި ދެމަސައްކަތަށް ވަކިވަކިންވެސް ބިޑް ހުށަހެޅިދާނެއެވެ.)

2        މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖުލައި 15 ން 2021 އޮގަސްޓް 08 ށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން 12:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޮގަސްޓް 08 ވަނަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 އޮގަސްޓް 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގައެވެ.

6        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޮގަސްޓް 12 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގައެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުރާކުނު ސްކޫލް

ހއ. ތުރާކުނު، ދިވެހިރާއްޖެ

ފޯން: 6500547

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

15 ޖުލައި 2021
ހޯދާ