ދިވެހިރާއްޖެ
ނަންބަރު: TTAM/IUL/2021/003
އިޢުލާން
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
މި އެސޯސިއޭޝަންގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ގުޅޭގޮތުން 20 އެޕްރީލް 2021 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/2021/02 އާއި ޙަވާލާދީ ދަންނަވަމެވެ.
މި އެސޯސިއޭޝަންގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، 30 ޖުލައި 2021 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުންގެ ނަން، އައި.ޑީކާޑު ނަންބަރު، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ބަޔާންކޮށް 25 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. އަދި ޖަލްސާގެ އޮންލައިން ލިންކް ޖަލްސާގައި ބައިވެރިވެލައްވާ މެންބަރުންނާއި ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެ ކަމުގައި ދަންނަވަމެވެ.
14 ޖުލައި 2021