ދިވެހިރާއްޖެ
No: 134-AD/I/2021/50
އިޢުލާން
އިމްޕޯޓް މުދާ ކްލިއަރ ކޮއްދޭނެ ފަރާތެއް ހޯދުން
މިފްކޯއިން އިމްޕޯޓް މުދާ ކްލިއަރ ކޮއްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު:134-AD/I/2021/46 އާގުޅޭ
މިހިގާ ޖުލައި މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެެއް ކަމުގައި ކަނޑައެޅިފައިވާތީ މި މަސައްކަތް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ރަޖިސްޓްރީ ކުރުން އަދި ޕްރޮޕޯސަލް ހުށައެޅުން ތިރީގައިވާ ގޮތަށް އިތުރުކުރުމަށް މިފްކޯ ގެ މެނޭޖްމެންޓުން ނިންމާފައިވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 5 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކަށް، މަޢުލޫމާތު ކަރުދާސް (އާރ.އެފް.ޕީ) 5 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ކުރިން އީމެއިލް މެދުވެރިކޮށް ޙަވާލުކުރެވޭނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އާއި މެންދުރުފަހު 14:00 ދެމެދު [email protected] އީމެއިލް އަށް ޕްރޮޕޯސަލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ޕްރަޕޯސަލް ތަކާއި ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮއްފައިނުވާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނެވޭނެއެވެ. ޕްރަޕޯސަލް ހުޅުވުން އޮންނާނީ 12 އޯގަސްޓް 2021 ވާ ބުރަާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ[email protected] އީ-މެއިލް މެދުވެރިކޮށް މުޢާމަލާތު ކުރެއްވުން ނުވަތަ ނަންބަރ 3323932 ފޯނާ ގުޅުއްވުން އެދެމެވެ.
15 ޖުލައި 2021