މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިމިނިސްޓްރީގެބެލުމުގެ ދަށުގައިވާ ހުޅުމާލެ 704 ފްލެޓް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)471-CDS3/1/2021/132 (13 ޖުލައި 2021) އިޢުލާނުގެ ބިޑް ހުށަހަހެޅުމަށް ހަމަޖެހިފައިވާ މުއްދަތު  ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދެދުވަސްގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުމާއި ގުޅިގެން މަޢުލޫމާތު ސެޝަން އަދި ބިޑްހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޙު ވަނީ އިތުރުކުރެވިފައެވެ.
  2. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 01 އޮގަސްޓް 2021 އާދިއްތަ ދުވަހުގެ ހެނދުނު 11:00ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 01 އޮގަސްޓް 2021 އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.  އަދި އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 އޮގަސްޓް 2021 ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
  3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 05އޮގަސްޓް 2021ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

14 ޖުލައި 2021
ހޯދާ