ދިވެހިރާއްޖެ
(IUL)228-DG/228/2021/4ނަމްބަރ:
އިޢުލާން
ނ. އަތޮޅު ކައުންސިލަށް ބޭނުންވާ ޤާނޫނީލަފާއާއި، ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ލީގަލް ކޮންސަލްޓަންޓެއް ހޯދަންބޭނުންވެއްޖެ
ނ. އަތޮޅު ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާއާއި އަދި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކޮށްދޭނެ ލީގަލް ކޮންސަލްޓަންޓެއް ހޯދަންބޭނުންވެއްޖެއެވެ.
ބީލަން ރަޖިސްޓްރީކުރުން
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން (ބީލަން ރަޖިސްޓަރ ކުރުމަށް އެދޭ ފޯމް) މިލިންކަށްވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ) [email protected] ( މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ތަފްސީލް |
ތާރީޚް |
ވަގުތު |
ބީލަމުގައި ރަޖިސްޓްރީ ކުރުން |
14 ޖުލައި 2021 ން 01 އޮގަސްޓް 2021 |
8:00 އިން 14:00 |
މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން) |
02 އޮގަސްޓް 2021 |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
08 އޮގަސްޓް 2021 |
10:30 ހެނދުނު |
ބީލަމާގުޅޭ ތާވަލު:
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.
04 ޛުލްޙިއްޖާ 1442
14 ޖުލައި 2021