ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިޑު ބަލައިގަންނަ ތާރީޚް ބަދަލުވުމާ ގުޅޭ
އިޢުލާން
މި ކޯޓުގެ ނަންބަރު (IUL)197-A3/1/2021/32 (07 ޖުލައި 2021) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚަކީ 28 ޖުލައި 2021 ވާ ބުދަ ދުވަހު އެވެ. އެހެން ނަމަވެސް އެއީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވާތީ ދެންނެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވުމައްޓަކައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 01 އޮގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ 15 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
14 ޖުލައި 2021
ހޯދާ